ޚަބަރުސިޔާސީ

އެމްޑީޕީއިން ރިޝްވަތުގެ ފައިސާ ބެހުމާއި ވޯޓަށް ނުފޫޒު ފޯރުވާ މައްސަލަ އީސީއަށް!

އެމްޑީޕީއިން ރިޝްވަތުގެ ފައިސާ ބެހުމާއި ވޯޓަށް ނުފޫޒު ފޯރުވާ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ މއ.އޮނިކްސް ނަމަކަށް ކިޔާ ގެއެއްގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެމްޑީޕީއިން ފައިސާ ބަހަމުންދާ ކަމުގައެވެ.

މީގެ އިތުރުން އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ށ،ފޯކައިދޫ ވޯޓުލާ މަރުކަޒު ކައިރީގައި ކެމްޕެއިންކޮށް، ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމުގައި ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

”މި ދެ މައްސަލަވެސް އަޅުގަނޑުމެން އިލެކްޝަނަށް ހުށަހަޅައިފިން.“ ހީނާ ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލް ކުރިމަތީގައި އެމްޑީޕީގެ ކެމްޕޭން ޖަގަހައެއް ހިންގަނިކޮށް ފުލުހުން ވަނީ މިއަދު ހެނދުނު އެތަން ބަންދުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެތަނުގެ އެތެރޭގައި ތިބި އެއްވެސް މީހަކަށް ނުކުތުމުގެ ފުރުސަތެއް ފުލުހުން ދީފައެއް ނުވެއެވެ.

މި ޖަގަހަތެރޭގައި ކެމްޕޭން ކުރުމާއި ފައިސާ ބެހުމުގެ ކަންތައް ކުރިއަށް ގޮސްފައިވާ ކަމުގައި މަންޒަރު ދުށް މީހަކު “ބޮންތި” އަށް މައުލޫމާތު ދީފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button