ޚަބަރުސިޔާސީ

ބަންގި ގޮވާނެ މުދިމަކު ނެތްކަމަށް ބުނެ ށ.ފޭދޫ މިސްކިތެއް ބަންދުކޮށްފި

ށ.ފޭދޫ ތައުބާ މިސްކިތުގެ އިމާމު ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށު ކައުންސިލުން އެ މިސްކިތް ބަންދުކޮށްފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ފޭދޫ އިން ”ބޮންތި“ އާ ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލް އަދި މިސްކިތުގެ ލައުޑް ސްޕީކަރު ބޭނުންކޮށްގެން އެކަން އިއުލާންކޮށްފައިވާ ކަމުގައެވެ.

މިއަދުގެ މެންދުރު ނަމާދު ވަގުތުން ފެށިގެން މިސްކިތް ވަނީ ބަންދުކޮށްފައެވެ.

ފޭދޫގައި އޮންނަނީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެކެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމެއް ނުބާއްވައެވެ. އެ ރަށު ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ދެ މެންބަރުންނަށްވެސް އެކަން އެނގުނީ އިއުލާންކުރި ފަހުންނެވެ.

މީގެ އިތުރުން ތައުބާ މިސްކިތުގައި ބަންގި ގޮވުމާ ގުޅޭގޮތުން ރަށުގެ ކަމުވޮށިގެންވާ މީހުންނާވެސް ކައުންސިލުން މަޝްވަރާ ކޮށްފައި ނުވާތީ އެ މިސްކިތަށް ނަމާދަށް ދާ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

1200 އެއްހާ އާބާދީއެއް އޮންނަ ފޭދޫގައި ހުންނަނީ ދެ މިސްކިތެކެވެ. ތައުބާ މިސްކިތް ބަންދު ކުރުމާ ގުޅިގެން ނަމާދަށް ދެން ދާން ޖެހޭނީ އެންމެ މިސްކިތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button