ޚަބަރު

އަލީ ރަމީޒުގެ ޓުވިޓަރ އެކައުންޓު ލިބިއްޖެ!

ދީނީ ޕްރޮގްރާމްތައް ހުށަހަޅައިދެމުންދާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ޓުވިޓަރ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފިއެވެ.

އަލީ ރަމީޒު ބުނިގޮތުގައި އޭނާގެ އެކައުންޓު ސަސްޕެންޑު ކުރީ ކީއްވެކަމެއް ނޭނގެއެވެ.  ޓުވިޓަރ އިން އެއްވެސް އެންގުމެއް ނުވަތަ އިންޒާރެއް ދީފައިވާކަން ނޭނގޭކަން އޭނާގެ ވާހަކަތަކުން އެނގެއެވެ.

އޭނާގެ އަކައުންޓު އަލުން ލިބުމާއިގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަން ކާމިޔާބުވީ ގިނަބައެއް ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު ދެންނެވިއެވެ.

އަލީ ރަމީޒަކީ އިޒްރެއިލްގެ ހައްދުފަހަނައަޅާފައިވާ ޒައިނިސްޓުން ފަލަސްތީނުގެ މުސްލިމުންނާ ދޭތެރޭގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވާ ފަރާތެކެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ވާނީ ޓުވިޓަރ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހިން ދެމިލައިގެން ތިބެވޭނީ އިޒްރެއިލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސްގެންކަން ދޭހަވާ ގޮތަށް ޝުއޫރު ފާޅުކޮށްފައެވެ. ހާއްސަގޮތެއްގައި އޭނާ ވަނީ ފަލަސްތީނުގެ ދިފާއުގައި ދިވެހިން ހިންގި ހަރަކާތްތަކާ ގުޅޭ ވީޑިއޯތަކާ ފޮޓޯތައްވެސް ހިއްސާކުރައްވާފައެވެ.

އިޒްރެއިލްގެ އަނިޔާވެރިކަމާ ދެކޮޅަށް އަދި ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި ޓުވީޓު ކުރާ ފަރާތްތަކުގެ އެކައުންޓުތައް ޓުވިޓަރ އިން ސަސްޕެންޑު ކުރެއެވެ. މިކަމާގުޅިގެން ޓުވިޓަރގެ މެނޭޖުމެންޓަށް ބޮޑެތި ފާޑުކިޔުންތަކާ ބަހުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި މުސްލިމުންގެ އިތުރުން އެކި ދީންތަކަށް ތަބާވެގެން އުޅޭ ކާފަރުންވެސް ހިމެނެއެވެ. ކާފަރުންގެ ތެރެއިންވެސް ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރާ މީހުން މަދެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ދީންތަކަށް ނިސްބަތްވާ މީހުންވަނީ ފަލަސްތީނުގެ ދިފާުގައި މުޒާހަރާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button