
މިއަދު ކުރިއަށް ގެންދަމުންދާ ށ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް އުސްތާޒް މޫސާ ފަތުހީގެ އޮބްޒާވަރެއްގެ ގޮތުގައި ޕީޕީއެމްގެ ނައިބް ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތް އެބަކުރައްވައެވެ.
ޕީޕީއެމްގެ ނައިބް ރައީސް ކަމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔާރ ކަންވެސް އަދާކުރައްވަމުން ގެންދަވާ މުއިއްޒު އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓް ފޮށި ކައިރީގައެވެ.
ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގެ ބޭފުޅުން މިފަދަ ކަންކަމުގައި އުޅުއްވާތަން ފެންނަނީ ވަރަށްވެސް މަދު ފަހަރެއްގައެެވެ. މުއިއްޒު ޕީޕީއެމްގެ އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ މުއިއްޒުއަށް ތައުރީފު ކުރަމުންނެވެ.