
ފޯކައިދޫގެ މަސްލަހަތު ގެއްލުވާ ނުލާ އިލެކްޝަނުގެ އޮފިޝަލުންނާއި އެމްޑީޕީގެ އިސް ވެރިންނާ ބައްދަލު ކުރަން ތިބި ސަންސެޓު ބީޗުން އެތަނުން ކޮންމެސް އެއްބަޔަކު ނުކުތުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ދައުލަތް އެއްކޮށް ކޮމަންޑޫ ދާއިރާއަށް އަރައިގެން ވެސް ހިތް ހަމަ ޖެހޭވަރު ނުވުމުން އީސީގެ އޮފިޝަލުންނާއި ބަގުޑި ބައްދައިގެން މި ޖަހަނީ ކޮން ސަކަރާތެއްތޯ ސުވާލު އުފައްދަވާފައެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ އީސީގެ އޮފިޝަލުންތަކަކާއި އެމްޑީޕީގެ އިސްވެރިންތަކެއް ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންދަމުން ދަނިކޮށް ފަޅާ އަރައިފައިވާ ދަނޑިވަޅެއްގައެވެ.