ރިޔާސީ ބަޔާނުން އެނގުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދު ފުއްދެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު ކަމުގައެވެ.
ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު. ހާމަވެގެން ދިޔައީ އަދިވެސް ވަޢުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން.ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި.ޙިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު.އެމްޑީޕީއަކީ މިއީ:ތަންދޮރުނުދަންނަ، ވާނުވާ ނޭނގޭ ފިކުރު pic.twitter.com/h32CPOv42a
— Mohamed Jameel Ahmed (@MJameelAhmed) February 3, 2022
ޖަމީލް ފާހަގަކުރެއްވިގޮތުގައި ސަރުކާރުގެ ފުރަތަމަ 3 އަހަރު ކޮރަޕްޝަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.
”ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި. ހިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު. އެމްޑީޕީއަކީ މިއީ. ތަންދޮރުނުދަންނަ، ވާނުވާ ނޭނގޭ ފިކުރު.“ ޖާމީލް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަށް އިދިކޮޅުގެ އިސް ވެރިން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
މިކަހަލަ ދެބޯގެރިންގެ ވާހަކަ ނުލިޔެނަކަ ނޫހައްވެސް ހުތުރު