ޚަބަރު

ދަނޑުވެރިންނަށް ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓްރެއިންގ ފޯރުކޮށްދިނުމަށް ސޮއިކޮށްފި

ދަނޑުވެރިންނަށް އަމާޒްކޮށްގެން ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓްރެއިންގ ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގަރާމްގެ ފަރާތުން ޕްރޮޖެކްޓް ކުރިއަށް ގެންދާ ރަށްތަކުގެ ދަނޑުވެރިންނަށް އަމާޒްކޮށްގެން ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓްރެއިންގ ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދިނުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ޕްރައިވެޓް އިންސްޓިޓިއުޝަނެއް ކަމުގައިވާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއިއެކު 28  ޖެނުއަރީ 2024 ވަނަ ދުވަހު ސޮއިކުރެވުނެވެ.

 

މި އެއްބަސްވުމުގެ ދަށުން އެފަރާތުން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްއާއި އެކު މަސައްކަތްކުރަމުންދާ ދަނޑުވެރިންގެ ނޮލެޖްގެޕް ދެނެގަތުމަށް އެސެސްމަންޓެއް ހަދާ، ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަސްޓަމައިޒްޑް ޓްރެއިނިގް މެނުއަލެއް އަދި ތަމްރީނަށްބޭނުންވާނޭ ލިޔެކިޔުންތައް ތައްޔާރުކޮށް ޕްރޮޖެކްޓްގެ ރަށްތަކުގައި ހިންގޭނެއެވެ. މިއީ 11 މަސް ދުވަހުގެ މުއްދަތައް ސޮއިކުރެވޭ ކޮންޓްރެކްޓެކެވެ.

 

މި ތަމްރީނު ޕްރޮގްރާމްގެ މަޤްޞަދަކީ ދަނޑުވެރިކަން ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް، ވިޔަފާރި އަދި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގެންގުޅޭ ރަނގަޅު ޢުސޫލުތައް ދަސްކޮށްދީ، ދަނޑުވެރިކަމުގެ ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއަށްދާ ވިޔަފާރިއެއް ހަރުދަނާކުރުމަށް އެހީތެރިވެދިނުމެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕެއް ހަދައި އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ.

 

ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުންދާ ގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button