ރައީސް އިބްރާހިމް މިހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުން ބިކަ ކުރި ސަރުކާރެއް ކަމުގައި ފަރެސްމާތޮޑާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް އަހަރަކު އިއްވި ބަޔާނެއްގައި ހުރި އެއްވެސް ކަމެއް ހާސިލްވެފައި ނެތުމުން ރައީސް ސޯލިހު މިއަދު އިއްވީ ހީލަތްތެރި ބަޔާނެއްކަން އެނގި ހާމަވާ ކަމުގައެވެ.
Heelaitheri bayaaneh. Ehves aharaku ihvvi bayaanehgaj huri ehvves kameh haasil vefai nethunakee eyge hekkkeh. Inthihaabu kairi vaavarakah dhuniyen beyrun dhivehin ah bodu musaara ah inayah libeyne. Rayyithun bika kuri sarukaareh mee.@DhiyaresNews @NewsHuvadhoo
— Hussain Mohamed Latheef (@HucenSembe) February 3, 2022
ސެމްބެ އިތުރަށް ވިދާޅުވީ އިންތިހާބު ކައިރިވާ ވަރަކަށް ބޭރުން ދިވެހިންނަށް އިނާޔަތް ލިބޭނެ ކަމުގައެވެ.