ޚަބަރުސިޔާސީ

ސިއްހީ ދާއިރާގެ މުސާރަވެސް ބޮޑު ވާނެ: ރައީސް

ދިރާސާ ނިމުމާ އެކު ސިއްހީ ދާއިރާއަށް ވެސް އެ އުފާވެރިކަން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށްފަހު އެންމެ ފުރަތަމަ ބޮޑު ކުރާނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ކަމުގައެވެ.

ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން. ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރެވޭނެ ބަދަލުތަށް ގެނައުން ކަމުގައެވެ. އެ ބަދަލު ފެށެނީ އާއްމު މީހާގެ ދިރިއުޅުމުން ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button