ޚަބަރުސިޔާސީ

ސްޓެލްކޯގެ ލޯންޗެއްގައި މެންބަރު ޓޮމް ރަހީނުކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަޙްމަދު ތާރިގު(ޓޮމް)، ސްޓެލްކޯ ލޯންޗެއްގައި ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ޕީޕީއެމުން ބުނީ މަހިބަދޫއަށް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ކައިރިކުރި ލޯންޗުގައި ތިބި ބަޔަކާ ސަލާންކުރެއްވުމަށްފަހު މެންބަރު ޓޮމް އެ ލޯންޗަށް އަރާވަޑައިގަތުމުން ލޯންޗުގެ ވާ މުހާލުމަށްފަހު ބަނދަރުން ނެރުމަށްފަހު ޓޮމް ގޮވައިގެން ލޯންޗު ގޮސްފައިވާކަމުގައެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓެލްކޯ ލޯންޗަށް ޓޮމް އަރާވަޑައިގަތުމުން އޭނާ ރަހީނުކޮށްފައިވާ ކަމުގައެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ޖަވާބެއް ނުދިނެވެ. އެކަމަކު މަހިބަދޫ ފުލުހުންނާ ހަވާލާދީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިގޮތުގައި އެރަށު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button