ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑުއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ދެ ރައީސުން ކޮމަންޑުއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ދުވަސްވަރާ ދިމާކޮށް ސަރުކާރުން އެދާއިރާގައި އެތަށް މަޝްރޫއެއް ހިންގަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.