ޚަބަރު

ކޯވިޑު ބަލީގައި މިއަދު 13 މަރު!

ކޯވިޑް-19 ޖެހިގެން މިއަދު 13 މީހުން މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޓުވިޓަރ މެދުވެރިކޮށް މިއަދު 13 މީހުން މަރުވިކަމަށް ބުނެފައިވެއެވެ. މަރުވި މީހުންގެ ތެރެއިން 12 މީހުންނަކީ 50 އަހަރުން މަތީގެ މީހުންނެވެ. އަދި 13 ވަނަ މީހާގެ އުމުރަކީ 41 އަހަރެވެ. އަދި އޭގެތެރެއިން އެކަކު ފިޔަވައި އެންމެންނަކީވެސް ދިވެހީންނެވެ. ދެން މަރުވީ ޖަޕާނަށް ނިސްބަތްވާ މީހެކެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ ކަންކަން ބޮއްސުން ލާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާ ފަރާތްތަކެވެ. އެ ފެސިލިޓީގެ ހާލަތު ގޯސްވެ އެކަށީގެންވާ ސިއްހީ ހިދުމަތްތެރިން ނެތްކަމުގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އަދި ބޯނެ ފެންފޮދެއް ނެތުމުގެ ޝަކުވާ ބޮޑުވެ، ބައެއް ވިޔަފާރިވެރިން ފެން ހަދިޔާކޮށްފައިވެއެވެ.

މިހާރު ރާއްޖެ ދަވަނަ ފަހަރަށް ފުރަބަންދު ކޮށްފައިވާއިރު މިބަލިން އަރައިގަތުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން އެންމެ ގޯސް ހާލަތަށް ތައްޔާރުވެފައިވާކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވީނަމަވެސް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެވިފައެއް ނުވެއެވެ. ހާއްސަކޮށް ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު އެކަށީގެންވާ އަދަދަކަށް ވެންޓިލޭޓަރާއި އޮކްސިޖަން ނެތުން ހިމެނެއެވެ. އެ ދެ ކަންތަކުގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އަދި ފެސިލިޓީތަށް ހެދުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތައް އޮތްކަން ފާހަކުރެވެއެވެ. ސަރުކާރުން ގެންނާނެކަމަށް ބުނި ފްލޯޓިން ހޮސްޕިޓަލުވެސް އަދި މިހާތަނަށް ގެނެވިފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button