ޚަބަރުސިޔާސީ

ދައުލަތުގެ ނިޝާނުގަ ޕެޗު އަޅައިގެން ރައީސް ސޯލިހު ލޯންޗު ދުއްވާނީ ގޯހެއް ކަމަށް ގަބޫލު ކުރެވޭތީ: ރައީސް ޔާމީން

ދައުލަތުގެ ނިޝާނުގައި ޕެޗު އަޅައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ލޯންޗުކޮޅު ދުއްވާނީ ގޯހެއް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކޯލިޝަން ސަރުކާރުން ކެމްޕެއިން ކޮށްފައިވާ ކަމުގައެވެ. ހާއްސަކޮށް ރިޔާސީ ލޯންޗުކޮޅުގައި ހަރުކޮށްފައި ހުންނަ ދައުލަތުގެ ނިޝާނުގެ މަތީ ޕެޗު އަޅައިގެން ރައީސް ސޯލިހު ދަތުރުފުޅު ކުރައްވާނީ އެއީ ބޮޑު ގޯހެއްކަން އެމަނިކުފާނަށްވެސް ގަބޫލުފުޅު ކުރެއްވީތީކަން ޔާމީން ފާހަގަކުރެއްވިއެވެ.

”އެއީ ރަނގަޅުކަމެއް ކަމަށް ގަބޫލު ކުރެވެންޏާ ޕެޗު އަޅާކަށް ނުޖެހޭ ނޫންތޯ. އެހެންވީމަ ޕެޗު އަޅައިގެން މިހާ ހަޑި މުޑުދާރުކޮށް މިކަން ކޮށްފަ އޮތީ. މިއީ މިއަދު ރާއްޖޭގެ ހާލަތު. ހަމަ ސިފައިންނާ ފުލުހުންވެސް މިކަން ރަނގަޅުކޮށްލައިގެން ތިބެނީ ނޫންތޯ.“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި މިނިވަންކަމާއެކު އެ މައްސަލަ ބެލޭނެ މާހައުލެއް ރާއްޖޭގައި ތަނަވަސް ވެގެން ނޫނީ އެފަދަ ކަންކަން ބެލޭނެ ގޮތެއް އަދި ނެތެވެ.

ރިޔާސީ ލޯންޗުކޮޅުގައި ހަރުކޮށްފައި ހުންނަ ދައުލަތުގެ ނިޝާނުގައި ޕެޗު އަޅައިގެން ރައީސް ސޯލިހު ކެމްޕެއިން ކުރެއްވި މައްސަލައިގައި އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މަލާމާތުގެ ބަސް ރައްދުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button