ޚަބަރުސިޔާސީ

އިންކުއަރީން އެނގުނީ މާރިޔާ އާއި ޝަމާލް ފެއިލް ވެއްޖެކަން: މުހައްމަދު އިސްމާއިލް

އިންކުއަރީ ރިޕޯޓުން އެނގުނީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ފެއިލްވެއްޖެކަން ކަމުގައި ހޯރަފުށީގެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ހަރަކާތު ކޮމެޓީގެ ޗެއަރކަން ކުރައްވަމުން އަންނަ މުހައްމަދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެންމެ ފަރުދެއްގެ ސެކިއުރިޓީ ނުބެލެހެއްޓޭއިރު ގައުމެއްގެ ސެކިއުރިޓީ ބެހެލެއްޓޭނެ ތޯ މުހައްމަދު ވަނީ ސުވާލު އުފައްދާފައެވެ.

 

މާރިޔާ އާއި ޝަމާލް އިސްތިއުފާ ދެއްވުމަށްފަހު އެހެން ކަމަކާ އުޅުއްވުމަށް ވެސް މުހައްމަދު ވަނީ ގޮވާލައްވާފައެވެ.

”އިސްތިއުފާ ދެއްވާފަ ބަތްކައްކާ ކުޅި ކުޅުއްވީމަ ރަނގަޅުވާނެ.“

މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 241 ކޮމެޓީ އިން ނެރުނު އެންކުއަރީ ވަރަށް ފުރިހަމަކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button