ޚަބަރުސިޔާސީ

އިންޑިއާ އައުޓަށް އަމާޒުކޮށް މަޖިލީހަށް ބިލެއް ހުށައަޅަނީ

ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ފަށައިފިއެވެ.

މި ބިލަށް ދީފައިވާ ނަމަކީ ”ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް“ އެވެ. މި ބިލުގެ ޑްރާފްޓުގައި ވާގޮތުން އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުންނެވެ.

މިފަދަ ކަމެއް ސާބިތުވެއްޖެ މީހަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި 20،000ރ. އިން ޖޫރިމަނާ ކުރުމާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ހިމެނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button