ޚަބަރުސިޔާސީ

އެމްޑީޕީ އަކީ މިގައުމުގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ބައެއް: ވައްޑެ

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އަކީ ދިވެހި ރާއްޖޭގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ބައެއް ކަމުގައި ޕީޕީއެމްގެ ޔޫތް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވީ ޗެނަލް13 ގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވައްޑެ ވިދާޅުވީ އެމްޑީޕީ އަކީ މިގައުމުގެ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަކަން ނަގާލާ މިގައުމަށް ދީނީ މިނިވަންކަން ގެންނަން މަސައްކަތް ކުރާ ބައެއް ކަމުގައެވެ.

އެމްޑީޕީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީވެސް ދީނީ މިނިވަންކަން ގެނައުންކަމަށާއި އެޕާޓީ އަށް ފަންޑު ކުރަނީ ހުޅަނގުން ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވީ އެމްޑީޕީން އިންޑިއާ އާއިއެކު އެއްބަސްވުންތައް ހަދައިގެން މިއުޅެނީ އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންކަން ބަދަލު ކުރުމަށް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button