ޚަބަރުސިޔާސީ

އަފޫ ވައްޑޭއަށް: މަޖިލީހުގަ ތިބި ”އިންޑިއާ ސަފީރުން“ މުލުން ލުހެލައި އައުޓު ކުރަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 64 މެންބަރުންނަކީ އިންޑިއާގެ ސަފީރުންގެ ގޮތުގައި ސިފަކުރައްވައި އެމީހުން މުލުން ލުހެ، ރާއްޖެއިން ބޭރުކުރަންޖެހޭ ކަމުގައި ޕީއެންސީގެ ރަޖިސްޓްރާރު މުހައްމަދު އަފޫ ހާމިދު ވިދާޅުވެއްޖެއެވެ.

އަފޫ މިފަދައިން ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޓީޝާޓުގައި އިންޑިއާ އައުޓުގެ ބަދަލުގައި ބަފާ އައުޓް ޖަހަންވީ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

އަފޫ ވިދާޅުވީ ވައްޑޭ ކިތަންމެ ވަރަކަށް އިންޑިއާ އައުޓް ހުއްޓުވަން މަސައްކަތް ކުރެއްވިޔަސް އެކަމެއް ނުވާނެ ކަމުގައެވެ.

”ތެޅުނުވަރަކަށް ފައިބާނީ ހުޅުބު، އިންޑިއާ ޖެހޭނީ ރާއްޖެއިން ފައިބާން. އެޔަށްފަހު މަޖިލީހުގަ މިތިބަ އިންޑިއާގެ 64 ސަފީރުންގެ ފީނި މުލުން ލުހެލާ މި ގައުމުން އައުޓު ކުރަންޖެހޭ.“ އަފޫ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އެމްޑީޕީގައި އޮތީ މުޑުދާރު އެޖެންޑާއެކެވެ. އަދި އެޕާޓީއިން މުޅި ދައުލަތް ކިލަނބުކޮށް، ލޫޓުވާފައިވަކަމަށް އަފޫ ވިދާޅުވިއެވެ.

 

One Comment

Leave a Reply to Alibeyyaa Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button