ޚަބަރުސިޔާސީ

އަނެއްކާވެސް އިތުރު ސިޔާސީ މަގާމެއް!

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހެލްތު މިނިސްޓްރީގެ ނައިބު ކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ޝަމާއު މިގާމަށް އައްޔަން ކުރުމާއެކު އެ މިނިސްޓްރީގައި ނައިބު ފެންވަރުގެ ބޭފުޅުންގެ އަދަދު ވަނީ 7 އަކަށް ބަދަލުވެފައެވެ. ޝަމާއު އަކީ ސައިކޮލިޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައިވޭ ބޭފުޅެކެވެ.

އޭނާ އަމަގާމަށް އައްޔަން ކުރިއިރު، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ސިޓީ ކައުންސިލްގެ ޒިންމާ އަދާކުރުމުގައި ޝަމާއުގެ އިތުރުން އެމްޑީޕީގެ ކައުންސިލަރުން އިހުމާލުވެފައިވާކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. އެގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން ވަނީ ޕީޕީއެމަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ދީފައެވެ. ޕީޕީއެމަށް މާލެ ސިޓީ ކައުންސިކްގެ މެޖޭރިޓީ ލިބިފައިވަނީ ޖެހިޖެހިން ކައުންސިލްގެ 3 ދައުރު އެމްޑީޕީއަށް ލިބުނު ނަމަވެސް މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފެއިލްވެފައި ވުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮވިޑް-19 ގެ މިހާލަތުގައި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ބައެއް ސިޔާސީ މަގާމުތަކުގެ މުސާރައަށް ބަދަލުތަކެއް ގެނައި ނަމަވެސް އައު ސިޔާސީ މަގާމްތައް ދަނީ އުފައްދަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button