ޚަބަރުސިޔާސީ

ރޯދަޔަށް ރައީސް ޔާމީން ޖަލަށް ލާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފި

ކުރިއަށް އޮތް ރޯދަމަހުގެ ހަނދުބެލުމުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާނެ ކަމުގެ އިންޒާރެއް އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ދެއްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުވުމަށް އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އަމްރު ވަނީ ސްޕްރީމް ކޯޓުން މިނިވަނެއް ކަމުގައި ނިންމާފައިވާ ރައީސް ޔާމީނަކީ ވަގެއްގެ ގޮތުގައި ސިފަކޮށްފައެވެ.

”މިހާރު ދައުލަތުން އެ އޮތީ ވައްކަން ކުރިކަމަށް ކޯޓަށް ވައްދާފަ. އަޅުގަނޑަށް ގަބޫލުކުރެވެނީ އިރާދަކުރެއްވީޔާ ރޯދަމަހަށް ހަނދު ބަލާއިރު ޔާމީން އޮންނާނީ ޖަލުގައި ކަމުގަ.“ އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ވައްކަމުގެ މައްސަލަ މިހާރު ހުށައަޅައިފައިވާނެ ކަމުގައެވެ.

 

One Comment

  1. އާއްމުގޮތެއްގައި ކޮއްމެ ރޯދަމަހަކާއި ދިމާކޮށް އެސްޓީއޯގެ ވެރިން ދެއްވާ މެސެޖަކީ އާއްމު ރައްޔިތުންގެ ހިއްތަކަށް އުފާވެރިކަން ގެނުވާމެސެޖެކެވެ.
    އެއީ ބިސް ފިޔާ އަލުވި އަގުހެޔޮކޮށް ލިބޭނެކަމަށް ދެއްވާ މެސެޖެތަކެކެވެ.
    އެކަމަކު މިފަހަރު ވަރަށް ތަފާތު ބިރުވެެރި މެސެޖެއް ބިސް ފިޔާ އަލުވި އެތެރެކޮށް ވިއްކާމީހަކު ދީފިއެވެ. އަޖައިބު އަންތަރީސްވެޖެއްވެ.
    ބިސަ ފިޔާ އަލުވީ އެތެރެ ކޮށް ވިއްކާމީހުން ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން ހައްޔަރު ކުރާނެކަމަށް އިންޒާރުދިނީމާ ހިތައް އަރަނީ
    މީނާ މިއީ ބުއްދިހަމަޖޭ މީހެއްބައެވެ.

Leave a Reply to އަަހްމަދް Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button