ޚަބަރުމުނިފޫހިފިލުވުން

ކަވާސާގެ 16 ވަނަ ވާޗުއަލް ލައިވް ގިގު މިރޭ ކްލަބްހައުސްގައި

ކަވާސާގެ 16 ވަނަ ލައިވް ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

“ކަވާސާ” އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ފެށި ގިގު ނައިޓްގެ 16 ވަނަ ޝޯ އޮންނާނީ މިރޭ 10:30 އިން 00:00 އަށެވެ.

ޒުވާން ސޯލޯ ދެ އާޓިސްޓުން ކަމަށްވާ ރުސްލާން އާއި ޝާދިންގެ ރީތި ލަވަތަކަކުން މިރޭގެ ޝޯވް ފަޅުވިލުވައިދޭނެއެވެ.

މިރޭގެ ޝޯވް ސްޕޮންސަރ ކޮށްފައިވަނީ އޮންލައިން ނޫހެއް ކަމަށްވާ މެންދުރު އޮންލައިންގެ ފަރާތުންނެވެ. މިކަމާ ގުޅިގެން މެންދުރު އޮންލައިންގެ މެނޭޖުމެންޓުން ބުނީ ޒުވާނުންނާއި ޒުވާން ފަންނާނުން ކުރާ މަސައްކަތް އެ ނޫހުން ވަރަށް ބޮޑަށް ބަލައިގަންނަކަމުގައެވެ. އަދި ހާއްސަކޮށް ޒުވާން މިއުޒިޝަނުންނަކީ މާލީގޮތުން ބާރުވެރި ބަޔަކަށް ވުމަކީ އެ ނޫހުގެ މޭނޭޖުމެންޓުން އަބަދުވެސް ކުރާ އުންމީދެއް ކަމުގައެވެ.

ޝޯވްގެ ލިންކު

16 ވަނަ ޝޯވް އާ ގުޅިގެން ކާވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ވިދާޅުވީ ޝާދިން އާއި ރުސްލާން ފަދަ ޒުވާނުންނަކީ މިއުޒިކް އިންޑަސްޓްރީއަށް ނުހަނު ބޭނުންތެރި ބައެއް ކަމުގައެވެ. އަދި އެމީހުންގެ ހުނަރާއި އަމިއްލަ އުފެއްދުންތަކަށް އިންޑަސްޓްރީ އިން ޖާގަ ފުޅާކޮށްދީފިނަމަ، އާންމުންނާ ހަމައަށް ރީތި އުފެއްދުންތަކެއް ފޯރުކޮށްދެވޭނެކަމުގެ އުންމީދު އެބައޮތް ކަމުގައެވެ.

“ދިވެހި މިއުޒިކް އިންޑަސްޓްރީ ކުރި އަރަންޖެހޭ. އެކަން ކުރެވޭނީ އާ ހުނަރުތައް ހޯދައިގެން. އެއީ ޒުވާނުން. އެމީހުންނަށް އާމްދަނީއެއްވެސް ލިބިގެން. އަދި އެސްޓަބްލިޝްޑް ކޮމާޝަލް އާޓިސްޓުންގެ ސަޕޯޓުވެސް ލިބިގެން” މެޒޯ ވިދާޅުވިއެވެ.

ކުރިޔަށް ހުރި ޝޯވްތައް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ކަވާސާގެ މާކެޓިން ނަންބަރު 9767119 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެ އެވެ.

“ކަވާސާ” ގިގު ނައިޓުގެ 17 ވަނަ ޝޯވް އޮންނާނީ މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ ޝޯވް ވެގެންދާނީ މުޅިން ތަފާތު ޝޯވްއެއްގެ ގޮތުގައި ކަމަށް ”ކަވާސާ“ އިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button