ޚަބަރުސިޔާސީ

އެމްޑީޕީ އިތުރު 10 އަހަރު ވެރިކަމުގަ ތިބެން ޖެހޭ: ނަޝީދު

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) އަދި އިތުރު 10 އަހަރު ވެރިކަމުގައި ތިބެން ޖެހޭ ކަމުގައި އެޕާޓީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސްކަން ކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ދިރުން ގެނައުމުގެ ވިސްނުން އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީ ވިސްނުމަކީ މާލެއަށް އެންމެން ޖަމާ ކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

”މިއީ ޖީލެެއްގެ މަސައްކަތެއް، މިއަދު ލާ އެންމެ ވޯޓަކުން ވެސް މި ކަން ވާކަށް ނެތް، ސަރުކާރުގައި، ދިވެހި ރައްޔިތުންގެ ޑެމޮރެޓިކް ޕާޓީ، ވެރިކަމުގައި، 10 އަހަރު އޮންނަން އެބަ ޖެހޭ، ރާއްޖެ ބަދަލުވުމަށް، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކޮށް ހިންގަން ޖެހޭ،“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމަކީ ދިވެހިން ބޭނުންވި ހާލަތު ނޫންކަމުގައެވެ. ނަޝީދުގެ ވާހަކަފުޅުގައި މަރްހޫމް ހުސެން އަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button