ޚަބަރު

ޔަހޫދީންގެ ކޮކާކޯލާއިން މަންނާމް ރެސްޓޯރެންޓުގެ ހުއްދަ ހޯދުމަކާ ނުލައި އެތަނުގެ ނަމާއެކު އިސްތިހާރު ބޯޑެއް ޖަހައިފި

ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ނިރުބަވެރިންގެ ވިޔަފާރިއެއް ކަމުގައިވާ ކޮކާ ކޯލާގެ ރާއްޖޭގެ އެޖެންޓު ހދ.ކުޅުދުއްފުށި ސިޓީގައި ހުންނަ މަންނާމް ރެސްޓޯރެންޓުގެ ނަން ބޭނުންކޮށް، އެތަނުގައި ކޮކާކޯލާގެ އިސްތިހާރު ބޯޑެއް ޖެހި މައްސަލައެއް ހޫނުވެއްޖެއެވެ.

މަންނާމް ރެސްޓޯރެންޓުގެ މެނޭޖުމަންޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮކާކޯލާ އެޖެންޓައް ގުޅައި، އެއްވެސް ހުއްދައެއް ހޯދުމަކާނުލައި އެ ވިޔަފާރީގެ ލޯގޯ އާއި ނަން ބޭނުންކޮށްގެން ކޮކާކޯލާ އިސްތިހާރު ކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

 

އިސްތިހާރު ޖެހީ އެތަނުގެ ވެއިޓަރަކު ގާތު ބުނެފައި ކަމަށް ޖަވާބުގައި އެޖެންޓު ބުނި ކަމަށާއި އެކަމުގައި ފުލުހަށް ދިއުމަށް އެޖެންޓު މެނޭޖުމަންޓަށް އެންގި ކަމަށް މަންނާމްގެ ފަރާތުން ”ބޮންތި“ އަށް ކިޔައިދިނެވެ.

”އިޒްރެއިލުން ފަލަސްތީނަށްވެސް އަރައިގަތީ މިހެން. ނިކަމެތި މުސްލިމުންގެ ހާލަތު ނިކަން ބައްލަވާ. މިއަދު އެމީހުން ބޮޑުވީމަ ފުލުހަށް ދާށޯ.“ މަންނާމްގެ ފަރާތުން ބުންޏެވެ.

އެ ވިޔަފާރީގެ އިސް ވެރިން ފާހަގަކުރެއްވިގޮތުގަައި މި ކަމުންވެސް ޔަހޫދީންގެ މަކަރުވެރިކަން ހާމަވެގެން ދެއެވެ. އަދި މަންނާމްގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button