ޚަބަރު

ކޮވިޑުގެ އަދަދުތަށް މައްޗަށް! ސަރުކާރާ އެޗްޕީއޭ ހަނު؟

ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑް19 ކޭސްތަށް އަތްފޯރާ ފަށުގައި ހުރުމަށްފަހު އަނެއްކާވެސް މިވަނީ އަތް ނުފޯރާފަށަށް މައްޗަށް ގޮސްފައެވެ. ކޮންމެ ދުވަހަކުހެން ކޭސްތަށް އުޅެނީ 2000 މަތީގައެވެ. ބުރާސްފަތި ދުވަހު އެކަނި ވެސް 2199 މީހުން ވަނީ މިބައްޔަށް ފައްސި ވެފައެވެ. އަދި 4 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ހައިރާން ކުރުވާ މަންޒަރަކީ ކޭސްތަށް މިހާ ގަނަވެ ހާލަތު މިހާ ގޯސްވެފައިވާ މިދަނޑިވަޅުގައިވެސް ހެލްތް ޕްރޮޓެކަޝަން އޭޖެންސީ ( އެޗްޕީއޭ ) އަދި ދިވެހި ދައުލަތް ހަނު އޮތްކަމެވެ. ބަލި ކޮންޓްރޯލު ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެއެވެ.ި މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއްވެސް ހާމައެެއް ނުކުރެއެވެ. ކުރިން ރައްޔިތުންނާ ގާތުން ދުވާލު ދެކޮޅުގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އެޗްޕީއޭގެ ބޭފުޅުން މިއަދު ކޮބާބާވައެވެ؟ ހަމަ ގައިމުވެސް މިއީ ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލެއްކަން ޔަގީނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button