ޚަބަރުސިޔާސީ

ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަށް އެންމެ ކުޅާދަނަ ވާނީ އެމްޑީޕީ: މުހައްމަދު

ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަށް އެންމެ ކުޅާދަނަ ވާނީ އެމްޑީޕީ ކަމުގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ ކާރުކޮޅުތަކެއްގައި ”އިންޑިއާ އައުޓު“ ޖެހި މައްސަލަ އަށް ރިއާޔަތް ކުރައްވައި މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރީ ބުލެޓު ޕުރޫފް ކާރުކޮޅުތަކަށް ވަޒީރުންގެ ކާރުކޮޅުތައް ބަދަލު ކުރަން ސަރުކާރުނަ ބޭނުންވެގެން ކަމުގައެވެ. އޭނާ އެކަން ސިފަ ކުރެއްވީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކުރައްވައި މުހައްމަދު ވިދާޅުވީ ރައްޔިތުންނާއި ކުރިމަތިލައްވަން ކެރިވަޑައިގަތުމަށްވުރެ ބޮޑަށް އަމިއްލަފުޅު އިހުމާލުން ގައުމު އިންޑިއާއަށް ދެވިއްޖެ ކަމަށް ވިދާޅުވެ އެމަނިކުފާނު އިސްތިއުފާ ދެއްވުން މާބުއްދިވެރި ކަމުގައެވެ. އަދި ފެންނަނީ ރާއްޖޭގެ އަމިއްލަވަންތަކަމުގެ ނިޝާނުގެ ހިޔަނި އެކަނި ކަމުގައެވެ.

”ދީނާ ކުޅެފި، މިނިވަންކަމާއި ކުޅެފި، ފައްޅިތަކުގެ ޝިޔާރުތައް ދަމައިފި، އިގްތިސާދަށް އަތްބާނައިފި، ދަރިންގެ ތައުލީމަށް އަތްބާނައިފި، ޘަގާފަގުގެ ނަމުގައި ހިންދޫއިން އަޅުކަން ކުރާ ނިޝާން ހިމާޔަތް ކުރަނީ. މިހާރު ތަންކޮޅެއް ފަސޭހަ ވާނެ ތިރީސް އަހަރުގެ ތަޖުރިބާއާއި، ދައުލަތަށް ދަރާފައިވާ މަހުޖަނާ، ދީނީ ރައުޔު ޖަންގިޔާ ބަދަލު ކުރާހަމައިން ބަދަލު ކުރާ ޝޭކަކާ ކަތުރުފަނިތަކެއް ތިބޭނެ. ޖޯން، ޖާނީ، ޖަނާދަނާއި ނުބައިބާގެ ބޮސްތައްވެސް އެކުވީމަ ކަންކަމަށް ފަސޭހަވާނެ.“ މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދުގެ ފޭސްބުކް ޕޯސްޓު ނިންމާލަމުން ވިދާޅުވީ ދިވެހިން، ދިވެހިންގެ ދިވެހިރާއްޖެ ހޯދާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button