ޚަބަރުސިޔާސީ

އިންތިހާބަށް ސަރުކާރުން ފޮރުވަމުންދާ ނުފޫޒުތަކާއި މެދު ރައްޔިތުން ވިސްނާނެ: މޭޔާރ މުއިއްޒު

ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ފޯރުވަމުންދާ ނުފޫޒުތަކާމެދު ރައްޔިތުން ވިސްނާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“މޭޔާރ މުއިއްޒު” ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި ޕީޕީއެމްގެ ނައިބް ރައީސް ކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ފެނިގެންދަނީ ހެދިފައި ހުރި ގާނޫނުތަކާއި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އުސޫލުތަކަށް ވެސް ބެލުމެއް ނެތި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އުޅޭ މަންޒަރު ކަމަށެވެ. އަދި މި ކަންކަން ކުރަމުންދަނީ ތަރައްގީގެ ނަމުގައި ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުނަށް ފައިދާވާ އަދި ތަރައްގީ ލިބޭ ކަމެއް ނަމަ އެކަމަކަށް އެމަނިކުފާނާއި ޕީޕީއެމް ވެސް ތާއީދު ކުރައްވާނެ ކަމަށާއި، އެހެން ނަމަވެސް މިއަދު މި ފެންނަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ކަންތައްތަކެއް ކޮށްދެމުން ދާތަން ކަމަށާއި ސަރުކާރުގެ އިހްލާސްތެރިކަމާ މެދު ރައްޔިތުން ވިސްނާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އަކީ   ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބެލިޔަސް ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އަދި ގައުމުގެ ތާރީހާއި ހާލަތު ވަރަށް ރަގަޅަށް ދެނެވަޑައިގެން ހުންނެވި ގައުމީ ފިކުރުގެ ބޭފުޅެއް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button