ޚަބަރުސިޔާސީ

އަޅުގަނޑު މަރާލަން ފަންޑު ކުރި މީހުން ހޯދަން ސަރުކާރުން ނޫޅޭ: ނަޝީދު

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފައިސާ ހަރަދު ކުރި މީހުން ހޯދަން ސަރުކާރުން ނޫޅޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ނުރަސްމީ ޓުވިޓަރ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެމައްސަލައިގައި އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.

ނަޝީދުގެ މި ޓުވީޓަށް ޖަވާބު ދިން އާންމުންގެ މީހަކު ބުނީ މިހާރު އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި ފުލުހުންގެ އިސްވެރިޔާ މުހައްމަދު ހަމީދުގެ އިތުރުން އެންސީޓީސީގައި ވެސް ތިބީ އެޕާޓީގެ މެމްބަރުން ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ މާނަޔަކީ ނަޝީދު ”ގޮއްވާލަން“ އުޅުނީ ރައީސް އިބްރާހީމް މުހައްމަދު ސޯ؛ލިހުގެ ކޯލިޝަން ސަރުކާރުގެ ތެރެއިންތޯ ނުވަތަ ސަރުކާރުގެ ނުކުޅެދުންތެރިކަން ބޮޑީތޯ އޭނާ ސުވާލު ކޮށްފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 08:25 އެހާކަންހާއިރު ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ. މި މައްސަލައިގެ އެންމެ ފުނަށް ފީނައި، ހަމަލާ ރޭވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަޝީދުގެ އާއިލާއިންނާއި ސަޕޯޓަރުން ތުހުމަތުކުރާގޮތުގައި އެ ހަމަލާއަކީ ސަރުކާރުގެ ރޭވުމެކެވެ. މި ހަމަލާއާއި ގުޅިގެން މިހާނަތަނަށް 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެން ނަމަވެސް ތަހުގީގު ކުރިޔަށް ދާގޮތުގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ. އޭޑީކޭއިން ޖުމްލަ 4 ސާޖަރީއެއް ހެދުމަށްފަހު ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލަކުން ނަޝީދު ވަނީ ފަރުވާ ހޯއްދަވާފައެވެ. އެހެން ނަމަވެސް އެނބުރި ރާއްޖެ ވަޑައިނުގަންނަވަނީ ކީއްވެކަމެއް އަދި ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button