ޚަބަރު

ރާއްޖެއަށް ކޮވިޑުގެ އިތުރު ރާޅެއް

ރާއްޖޭގެ މިހާރުގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، މިއީ ހަތަރު ވަނަ ރާޅެއްގެ ފެށުން ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަންދާޒާ ހިސާބުތަކުން ދައްކާނަމަ މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު ޕީކަށް ވުމުގެ ފުރުސަތު އެބައޮތް ކަމުގައެވެ. އަދި މި ރާޅުގެ ތެރޭގައި މަސް ދުވަހު އުޅެން ޖެހިދާނެ ކަމަށް ލަފާކުރެވޭކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

”މިދިޔަ އަހަރު މެއި މަހު ފެނުނު ޕީކަށްވުރެންވެސް އިތުރު ބޮޑު ޕީކެއް ފެނިދާނެ ކަމުގެ ބިރު އެބައޮތް“ ޑރ އަފްޒަލް ވިދާޅުވިއެވެ.

ޑރ އަފްޒަލް އިތުރަށް ވިދާޅުވީ ކޭސްތަށް ދުވަހެއް ދުވަކަށް މައްޗަށް ދިޔަ ކަމުގައި ވީނަމަވެސް ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު މައްޗަށް ނުދާކަމުގައެވެ.

ވޭތުވެ ދިޔަ ދެ ދުވަހުވެސް ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ހުރީ 1000 އިން މަތީގައެވެ. ކޮވިޑްގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން އެޗްޕީއޭ އިންވަނީ ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓަކާއި އެކުގައި ނޫނީ ދަތުރު ނުކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button