ޚަބަރުސިޔާސީ

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލާގައި ކޯޓުން އަމުރެއް ނުނެރުނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިލައްވައިގެން ޝުނާނާ އެލްއެލްޕީ އެންޑް ކޯއުން ސިވިލް ކޯޓަށް ހުށަހެޅި، އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލައަށް ސިވިލް ކޯޓުން އަމުރެއް ނުނެރެދިނެވެ.

ރައީސް ނަޝީދުގެ ފަރާތުން ވަކާލާތުކުރި ގާނޫނީ ވަކީލް ޝުނާނާ މައްސަލައިގެ ގޮތެއް ނިމެންދެން އެ ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ. މައްސަލާގައި ސިވިލްކޯޓުން ނިންމާފައިވަނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާނެ އަމުރެއް ނެރުދެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. މި މައްސަލަ ކޯޓަށް ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅުމުން ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރަކަށް ހުންނަވައި ރައީސް ނަޝީދު ދައުލަތާއި ދެކޮޅަށް ސަރުކާރުގެ ޕޮލިސީއެއް ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ހަމައެކަނި ގަޑުބަޑު އުފައްދާ ހަމަޖެހުން ނަގާލުން ކަމުގައި ބައެއް މީހުން ބުނަމުން ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button