ޚަބަރުސިޔާސީ

ބާ ޖަމާލުއްދީން އަރަބިއްޔާއަށް ދިނުމާއި ސިޓީ ކައުންސިލުން ދެކޮޅެއް ނޫން: މޭޔާރ މުއިއްޒު

ބާ ޖަމާލުއްދީން އަރަބިއްޔާއަށް ދިނުމާއި މާލެ ސިޓީ ކައުންސިލުން ދެކޮޅެއް ނޫން ކަމަށާއި،އެކަމާއި ގުޅިގެން ކަންބޮޑުވުން އޮތީ އެ ސަރަޙައްދުގައި ދިރިއުޅޭ މައްޗަންގޮޅި ރައްޔިތުންގެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ އޮންލައިން ނޫހެއް ކަމުގައިވާ ވަގުތަށް ދެއްވި އިންޓަވިއުއެއްގައެވެ.

މުއިއްޒު ވިދާޅުވީ ބާ ޖަމާލުއްދީން ސަރަހައްދަކީ މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިން ފެށިގެން ހުސް ބިމެއްގެ ގޮތުގައި ބޭއްވުމަށް އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ސަރަހައްދެއް ކަމުގައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ ގޮތުން މިދައުރުގެ ކައުންސިލަރުންނާއި އެކު ކުރިއަށް ގެންދިޔަ ރައްޔިތު ބައްދަލުވުމުގައިވެސް އެ ސަރަހައްދުގެ ރައްޔިތުން ހުށަހަޅާފައިވަނީ ބާ ޖަމާލުއްދީން ހުރި ބިން ހުސްކޮށް ބާއްވައި ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”އެ މައްސަލަ އަކީ ކައުންސިލުން އެއާއި މެދު ބަހެއް ބުނާނެ މައްސަލަ އެއްނޫން. އެހެން ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުން އޮވޭ. ކައުންސިލާއި މަޝްވަރާ ކުރުމަކީ ލާމަރުކަޒީ ޤާނޫނުގެ އެންމެ ރީތި ސިފަ، އެހެން ނަމަވެސް،ސަރުކާރުން ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރޭ،އެތަނާއި ބެހޭގޮތުން ގޮތެއް ނިންމުމުގަ“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ކަންބޮޑުވުމަކީ މައްޗަންގޮޅީގެ އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުން މިކަމާއިމެދުއިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ދާ ދިއުންކަމަށެވެ. އަދި އަރަބިއްޔާއަށް އެބިން ދިނުމާއި ކައުންސިލުން އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button