ޚަބަރުސިޔާސީ

ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް އޭސީސީއަށް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް މިއަދު އެންޓް ކޮރަޕްޝަން ކޮމިޝަން (އޭސީސީ)  އަށް ހުށައަޅައިފިއެވެ.

އޭސީސީއަށް މައްސަލަ ހުށައަޅައިފައިވަނީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމުންނެވެ.

ޕީޕީއެމުން އޭސީސީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން  މަސައްކަތް ފެއްޓި ހިސާބުން ފެށިގެން،ވޯޓުކަރުދާސްތައް ޗާޕްކުރުމަށް ވަކި ފަރާތަކަށް ޙަވާލުކުރުމުގަ އާއި ވޯޓު ކަރުދާސްތައް ޗާޕްކުރުމުގައާއި، އިންތިހާބާގުޅޭ އެކިކަންކަމުގައި، ހާއްސަކޮށް ވޯޓާގުޅޭ އެންމެހައި ކަންކަމުގައާއި، ރީރެޖިސްޓްރޭޝަންކުރުމުގެ ތެރޭގައާއި ރީރެޖިސްޓްރޭޝަންސް މަރުޙަލާގައި އަދި ވޯޓުލުމުގެ ތެރޭގައާއި، ވޯޓްލައި ނިމުމުމަށްފަހު، އަދި ވޯޓް ގުނައި ނިންމައި، ވަގުތީ ނަތީޖާއާއި، ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ތެރޭގައާއި އަދި ނަތީޖާ އިއުލާނުކޮށް  ނިންމުމަށްފަހު، ވޯޓު ކަރުދާސްތަކާއިމެދު ޢަމަލުކޮށްފައިވާ ގޮތުން، ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް އަދި ވަކި ސިޔާސީ ޖަމާޢަތަކަށް ނާޖާއިޒުގޮތެއްގައި ފައިދާ ހޯދައިދީ އަދި ވަކި ކެނޑިޑޭޓަކަށް ކަނޑައެޅިގެން ގެއްލުން ދިނުމަށްޓަކައި ދުރާލާ ރާވައިގެން ހިންގާފައިވާ ބޮޑެތި ޖަރީމާތަކެއްގެ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އޭރު އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު އާއި އެއިރުގެ އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންސްގެ ވެރިންނާއި އަދި އިންތިހާބުގެ އެކިކަން ބެލެހެއްޓުމާ އެކިގޮތްގޮތުން ޙަވާލުވެތިބި އިސް ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާތީ، އެ މައްސަލަތައް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވައިގެން އަވަސްގޮތެއްގައި ބައްލަވައި ދެއްވުމަށެވެ.

ޕީޕީއެމުން ވަނީ 25 މައްސަލައެއް ބައްލަވައިދެއްވުމަށް އޭސީސީގައި އެދިފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button