ޚަބަރުސިޔާސީ

އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހިންގަންފެށުމުން ސަރުކާރުގެ ނިޔަތާ ދެތެރޭ ޝައްކު: ރައީސް ޔާމީން

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ އިންތިހާބާ ދިމާކޮށް އެދާއިރާގެ ރަށްތަކުގައި ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަންފެށުމުން ސަރުކާރުގެ ނިޔަތާއި ދޭތެރޭގައި ޝައްކު އުފެދޭ ކަމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ށ.ފޯކައިދޫގައި ޕީޕީއެމުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފޯކައިދޫގައި ޒުވާނުންނަށް ހާއްސަ އެކި އެކި ތަންތަން ބިނާކޮށްދީފައި ވާނެކަމަށާއި މިއަދު އެތަންތަން ހުރީ ވީރާނާ ވާން ކައިރިވެފައި ކަމުގައެވެ. އެހެން ނަމަވެސް މި ސަރުކާރުން މަޝްރޫއުތައް ހިންގަން ފަށައިފައިވަނީ އިންތިހާބާ ދިމާކޮށްކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް 20 ދުވަހަށް ވެފައިވަނިކޮށް ބަޖެޓުން ބޭރުން ދެކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button