ޚަބަރުސިޔާސީ

ފޯކައިދޫންވެސް ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ށ.ފޯކައިދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމަނިކުފާނު ފޯކައިދޫއަށް ވަޑައިގެންނެވީ ދާދި ދެންމެއަކުއެވެ. ބޭނުމަކީ އެ ދާއިރާގެ ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ޕީޕީއެމުން ވާދަކުރައްވާ މޫސާ ފަތުހީއަށް ކެމްޕެއިިން ކުރުމެވެ.

ފަތުހީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން މިރޭ 08:45 ގައި ފޯކައިދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެ އަތޮޅު ކޮމަންޑޫއަށް ބުރާސްފަތި ދުވަހު ވަޑައިގެންފައެވެ. އެމަނިކުފާނު އިއްޔެ ހުންނެވީ އެއަތޮޅު ވެރިކަން ކުރާ ރަށް ކަމަށްވާ ފުނަދޫގައެވެ.

ފުނަދޫއަށް ޔާމީން ވަޑައިގެންނެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެރަށުގައި ކުރިޔަށް ގެންދިޔަ “އިންޑިއާ އައުޓް” ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެއަށްފަހު ފަތުހީގެ ކެމްޕެއިނަށް އެނބުރި މިއަދު ހެނދުނު މަރޮށްޓަށް ޔާމީން ވަޑައިގެންވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button