
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ށ.މަރޮށިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމަނިކުފާނު މަރޮށްޓަށް ވަޑައިގެންނެވީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ބޭނުމަކީ އެ ދާއިރާގެ ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީއަށް ޕީޕީއެމުން ވާދަކުރައްވާ މޫސާ ފަތުހީއަށް ކެމްޕެއިިން ކުރުމެވެ.
ރައީސް ޔާމީން ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެ އަތޮޅު ކޮމަންޑޫއަށް ބުރާސްފަތި ދުވަހު ވަޑައިގެންފައެވެ. އެމަނިކުފާނު އިއްޔެ ހުންނެވީ އެއަތޮޅު ވެރިކަން ކުރާ ރަށް ކަމަށްވާ ފުނަދޫގައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފުނަދޫގައި ކުރިޔަށް ގެންދިޔަ ”އިންޑިއާ އައުޓް“ ކެމްޕެއިނުގަ ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫއަށް ރައީސް ޔާމީން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވަޑައިގަންނަވާނެއެވެ.