ޚަބަރުސިޔާސީ

ސަރުކާރުން ޗާގޮސްގެ މައްސަލައާ ގުޅިގެން ރާއްޖެއަށް ގެއްލުން ނުލިބޭނެކަމަށް ބުނެ ދޮގު ހަދައިފި

ޗާގޯސް މައްސަލައާ ގުޅިގެން ސަރުކާރުން ދިވެހި ފުލުހުންނަށް ދޮގު މައުލޫމާތު ދީފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި މިކަމާއި ގުޅިގެން ބޭއްވި ސެޝަންއެއްގައި އެޓަރނީ ޖެނެރަލްއާއި ފޮރިން މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެދެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ އިސްތިގުލާލަށާއި މިނިވަންކަމަށް އަސަރެއް ނުކުރާނެއެވެ. މިއީ ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައަކަށްތީ ދިވެހި ފުލުހުންނާއި ސިފައިންގެ ކަންބޮޑުވުން މިކަމުގައި ވަރަށް ބޮޑަށް އޮވެއެވެ. ނަމަވެސް ސަރުކާރުން ދަނީ އެމީހުންގެ ވިސްނުން ބަދަލުވޭތޯ މަސައްކަތް ކުރަމުންނެވެ. މިއަދު ކުރިއަށް ގެންދެވުނު ސެޝަނަކީ، ފުލުހުންނާއި ސިފައިންގެ ވިސްނުން ބަދަލުކޮށްލުމުގެ މަސައްކަތުގެ ތެރެއިން، ރޭވިގެން ކުރިއަށް ދިޔަ ކަމެއްކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ނުކުމެދާނެ ނަތީޖާއަކާމެދު ސަރުކާރުގެ ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ، އަލްއުސްތާޒާ އާޒިމާ ޝަކޫރާއި، ޑރ. މުހައްމަދު މުނައްވަރުވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރާއްޖެއިން މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮންނާނެކަމަށް ގަބުލުކުރާތީ، އެކަމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށްވެސް ޑރ. މުނައްވަރު ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވިދާޅުވިގޮތުގައި އިންޓަރނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސްއަށް މޮރިޝަސްގެ ފަރާތުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުމުން، އެ ޓްރިބިއުނަލްއަށް މޮރިޝަސްގެ ފަރާތުން އެ މައްސަލަ ހުށަނޭޅޭނެކަމަށް ބުނެ ސަރުކާރުން ސްޓޭންޑަޑް ނެގިކަމަށާއި މޮރިޝަސްއިން އެ މައްސަލަ ހުށަހެޅުމުގައި މައިގަނޑު ބޭނުމަކީ އެ ގައުމުގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތްކަން ކަށަވަރުކުރުން ކަމަށް ސަރުކާރުން ބުނެފައިވާކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button