ޚަބަރުސިޔާސީ

ފުނަދޫއިން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ކިޔައިފި!

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ށ.ފުނަދޫ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެންނެވީ މިއަދު ހަވީރު 04:30 އެހާކަންހާއިރެވެ.

ޔާމީންގެ ސަޕޯޓަރުންގެ އިތުރުން އެރަށު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރުމައްޗަށް ނިކުމެފައެވެ.

ޔާމީން ފުނަދޫއަށް ވަޑައިގެންނެވީ އިންޑިއާ ސިފައިންނާ ދެކޮޅަށް އަޑު އުފުލުމަށް އެރަށު ރައްޔިތުން އިންތިޒާމް ކުރި ”އިންޑިއާ އައުޓް“ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ޔާމީން ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެ އަތޮޅު ކޮމަންޑޫއަށް އިއްޔެ ވަޑައިގެންފައެވެ. އެމަނިކުފާނު  ކޮމަންޑޫއަށް ވަޑައިގެންނެވީ ހުސްވެފައިވާ ކޮަމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީގެ ކެމްޕެއިނަށެވެ.

ކޮމަންޑޫ ދާއިރާގެ އަނެއް ދެ ރަށް ކަމަށްވާ ފޯކައިދޫ އާއި މަރޮށްޓަށްވެސް ޔާމީން މާދަމާ ވަޑައިގަންނަވާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button