ޚަބަރުސިޔާސީ

ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނެ: ފިރުޒުލް

ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނެއެވެ.

މިދިޔަ ފަސް އަހަރު ދުވަސްތެރޭގައި ރާއްޖެއާއކު އިންޑިޔާއިން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނެކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ޕުރޮޖެކްޓުތަކާއި މަސައްކަތްތަކާ ގުޅޭ އެއްބަސްވުންތަކެއް ނުހިމެނެއެވެ.

”މި އަދަދުގެ ތެރޭގައި އަޅުގަނޑު މި ފާހަގަ ކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި، ޕްރޮޖެކްޓުތައް ހިންގަން ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި 100 އަށްވުރެ ގިން އެއްބަސްވުން އިންޑިއާއާ އެކު ވެވިފައިވޭ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ދެން މިއީ ވަރަށް ބޮޑު އަދަދެއް ކަން ފާހަގަ ކޮށްލަން،“
މުހައްމަދު ފިރުޒުލް ވިދާޅުވިއެވެ.

މިހާރު ދަނީ ސަތޭކައަށްވުރެ ގިނަ އެއްބަސްވުން ދިރާސާ ކުރަމުންކަމަށާއި އެކަމަަށް ވަގުތު ނަގާނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ފިރުޒުލް ވިދާޅުވި ގޮތުގައި  އެ އެއްބަސްވުން ތަކުގައި ހުންނަ ގައުމީ ސަލާމަތާ ގުޅުން ހުރި ކަންތައްތަކުގެ މައުލޫމާތު ސިއްރުކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button