ޚަބަރުސިޔާސީ

މުސްތަފާ ސަރުކާރަށް: ހުތުރުކަން ބޮޑު ވެރިކަމެއް، މަގުމައްޗައް ނުކުމެވޭ ވަރެއްނޫން

ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ވެރިކަމަކީ ހުތުރުކަންބޮޑު ހަޑި މުޑުދާރުވެރިކަމެއް، ކަމަށާއި މަގުމައްޗައް ނުކުމެވޭ ވަރެއްނޫން ކަމަށް ތިމަރަފުށީދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބައެއް އިސްފަރާތްތަކަށް ކުރެވެމުންދާ މުޑުދާރު ތުހުމަތުތަކާއި ގުޅިގެން ކުރެއްވި ޓްވީޓްގައި މުސްތަފާ އިތުރަށް ވިދާޅުވީ މިދެކޭ ވެރިކަމަކީ އެންމެކުރީ ޒަމާނުގައިވެސް ނުކުރާ ވައްތަރުގެ ވެރިކަމެއް ކަމުގައެވެ.

ސަރުކާރުގެ ވެރިންނަށް ކުރެވޭ ތުހުމަތުތައް ފެންމަތިވެފައިވަނީ ދާދިފަހުން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކުރުމާއި ގުޅިގެން އެކަމާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޮއެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތްކަމަށް ވިދާޅުވެ އެމްޑީޕީ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މެސެޖެއްކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ބްލެކްމެއިލް ކުރުމަށް މަސައްކަތް ކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އިސް މަސްއޫލުވެރިންގެ ތެރެއިން ރާބޮއެ، ޒިނޭކޮށް އުޅޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ހުރިހާ އެންމެންގެ ނަންތައް ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ވަނީ ރައީސް ޞާލިޙު ޓެގުކުރައްވައި އެމަނިކުފާނު ރާބޮއެ ޒިނޭކޮށް ނޫޅުއްވާތޯ ސުވާލުކުރައްވާފައެވެ.

މި ތުހުމަތު ތަކާއިއެކު އެތައް އާންމު ރައްޔިތުންނާއި އަދި އިދިކޮޅު ކޯލިޝަނުންވެސް އަންނަނީ މި ހުރިހާ ތުހުމަތެއް ބަލައި ދިނުމަށް އެދި ކަމާއި ބެހޭ ފަރާތްތަކަށް ގޮވައިލަމުންނެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button