![](https://bonthinews.com/wp-content/uploads/2022/01/5039A73E-940F-4EB2-A5F9-B26AC6002E84.jpeg)
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މޫސާ ފަތުހީ އާއި ޕީޕީއެމްގެ ޓީމު ފޯކާއިދޫއަށް ދިއުމުން އެ ރަށުން ވެސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޕީޕީއެމުން ކުރި ޓްވީޓެގައި ބުނީ އެ ޕާޓީގެ ކެންޑިޑޭޓު މޫސާ ފަތުހީއާއި ކެމްޕޭން ޓީމް ފޯކައިދޫއަށް ދިޔުމުން، އެ ރަށުގެ ގިނަބަޔަކު މަރުހަބާ ކިޔުމަށް ނުކުމެފައިވާ ކަމަށެވެ.
PPM ge candidate Moosa Fathuhy Adam adhi campaign team dhaairaage 3 rashah Kuravva Dhathuru ge thereyn Sh Foakaidhoo Ah vadaigathumun dhenevy v hoonu marhabaa eh. #tick2#VoteFathuhy#VoteRukah #MeeMageyRaajje#IndiaOut pic.twitter.com/WVzL5Omgfz
— Progressive Party of Maldives (@ProgressPartyMV) January 10, 2022
ޕީޕީއެމުން މިހާރު ކުރަމުންދާ ކެމްޕޭން ދަތުރުތަކުގައި އެދާއިރާގެ ހުރިހާ ރަށަކަށްވެސް ދަތުރު ކުރުމަށް ވަނީ ނިންމައިފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 3 ޕާޓީއެއްގެ ކެނޑިޑޭޓުން މި އިންތިހާބުގައި ވާދަކުރާނެއެވެ.