ޚަބަރުސިޔާސީ

ކައުންޓަރ ޓެރަރިޒަމް ސެންޓަރު ކިންގް ސަލްމާން މިސްކިތަށް ބަދަލު ކުރަން އުޅޭ ކަމުގެ ތުހުމަތު

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ކިންގް ސަލްމާން މިސްކިތަށް ބަދަލު ކުރަން އުޅޭ ކަމުގެ ތުހުމަތު މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް، މިސްކިތަކާ ނުގުޅޭ ބައެއް ކަންކަން ސަރުކާރުން ކުރަން ނިންމާފައިވާ ކަމުގައެވެ. އެގޮތުން ކައުންޓަރ ޓެރަރިޒަމް ސެންތަރު ކިންގެ ސަލްމާން މިސްކިތަށް ބަދަލު ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

”ކުރިން ނިންމާފަ އޮތީ ސަލްމާން މިސްކިތުގައި ގުރުއާނާ ބެހޭ މަރުކަޒު ގާއިމްކުރާގޮތަށް. އެތަން ހުރީ ވަރަށް ހާލު ދެރަކޮށް. އެތަނަށް ވަންނަ މީހަކު ކަރުނަ އަޅާ ރޯނެ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ޓެރަރިޒަމާ ބެހޭ މަސައްކަތް ކުރާ ތަނެއް މިސްކިތަކަށް ބަދަލު ކުރުމުގެ ސަބަބުން އިސްލާމް ދީނާ ނުގުޅޭ ކަންކަމާއި، ޣައިރު ދީންތަކުގެ މީހުން ވަދެ ނިކުތުމާއި، އިސްލާމް ދީނާ ބީރައްޓެހި ކަންކަން އެތަނުގައި ހިނގާނެއެވެ. އެބޭފުޅާ ވިދާޅުވީ އެއީ ނުބައި މަގްސަދެއްގައި ކުރަން އުޅޭ ކަމެެއް ކަމުގައެވެ.

ގުރުއާނާ ބެހޭ މަރުކަޒަށް ދޭން އޮތް ޖާގަ އުނިކޮށްގެން އެކަން ނުކުރުމަށް މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button