ޚަބަރުސިޔާސީ

45 މިސްކިތް މަރާމާތު ކުރަން ސަރުކާރުން ސިޓީ ކައުންސިލަށް ދިނީ އެއް މިލިއަން ރުފިޔާ

45 މިސްކިތް މަރާމާތު ކުރަން ސަރުކާރުން ސިޓީ ކައުންސިލަށް ދިނީ އެއް މިލިއަން ރުފިޔާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއީ އެއްގޮތަކަށްވެސް އެކަށީގެންވާ އަދަދެއް ނޫންކަމުގައެވެ.

”އަޅުގަނޑުމެން ހެދި ދިރާސާއިން 13 މިލިއަން ރުފިޔާ އެބަ ބޭނުންވޭ. ވަގުފު ފަންޑުގެ އެހީއަށްވެސް އެދުނިން. އިސްލާމިކް މިނިސްޓްރީއިން އެކަމަށް އެއްވެސް އެހީތެރިކަމެއް ނުދެއްވި.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ސިޓީ ކައުންސިލަށް ވުމުން އެފައިސާ ނުދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީއިން އެންގީއެވެ.

”އެބޭފުޅުން ވިދާޅުވީ އެންމެ ހުރިހާ ރަށަކަށްވެސް އެހީވާން ޖެހޭނެ ކަމަށް. އަޅުގަނޑު ދެންނެވިން އެންމެ ބޮޑު އާބާދީގެ ނިސްބަތުން މާލެއަށްވެސް ބޮޑު އެހީއެއް ދެއްވަން ވާނެ ނޫންހޭ. އެކަމަކުވެސް ނުދެއްވި.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވިީ ސަރުކާރުން ބަޖެޓް ނުދިން ތަނުގައި މިސްކިތްތަކަށް ފަންޑު ހޯދަން ސިޓީ ކައުންސިލުން ބާއްވަން އުޅުނު ޓެލެތޯނަށް ހާއްސަ އެކައުންޓެއްވެސް ހުޅުވައި ނުދިން ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button