އިސްލާމީ މަރުކަޒުގެ އިމާމަކަށް ޝެއިހް މުހައްމަދު ލަތީފް އައްޔަން ކުރައްވައިފިއެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ޝެއިހް ލަތީފް މި މަޤާމަށް އައްޔަން ކުރައްވާ ރައީސް ޑރ.މުއިއްޒު ވަނީ މަޤާމުގެ ފަތްކޮޅު ޝެއިހް ލަތީފާއި ހަވާލުކުރައްވާފައެވެ.
މި މަޤާމަށް ޝެއިހް ލަތީފް އައްޔަން ކުރެވުނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ޝެއިހް ލަތީފް ހުންނެވީ އެ މަޤާމުގައެވެ.