ޚަބަރުސިޔާސީ

ހިޔާ ފްލެޓަށް ޒިޔާރާތްކުރެއްވުމުން ރައީސް ޔާމީންގެ ސަޕޯޓަރުންގެ ހޫނު ތަރުހީބެއް މުއިއްޒުއަށް!

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެންޑޯޒު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހިޔާ ފްލެޓަށް މިއަދު ހަވީރު ކެމްޕެއިން ކުރަން ވަޑައިގެންނެވުމުން އެމަނިކުފާނަށާއި، އެމަނިކުފާނުގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާއި، ދެޕާޓީގެ ސެނެޓު މެންބަރުންގެ އިތުރުން ރައީސް ޔާމީންގެ ސަޕޯޓަރުން ބައިވެރިވި މި ކެމްޕެއިން ހަރަކާތުގައި މޭޔަރު މުއިއްޒު މިހާތަނަށް ޒިޔާރަތްކުރެއްވި ހުރިހާ ފްލެޓަކުންވެސް ވަނީ އެމަނިކުފާނަށް ވޯޓު ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ސަބަބެއްގެ ގޮތުގައި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރީ، މުއިއްޒުއަކީ ރައީސް ޔާމީން އެންޑޯޒު ކުރެއްވި ކެންޑިޑޭޓް ކަމަށް ވުމާއި، އިންތިހާބުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތައުލީމީ، ގާބިލް ކެންޑިޑޭޓަށް މުއިއްޒު ވުމާއި، ޔާމީންގެ އަރިހުގައި އިހްލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވީ މުއިއްޒު ކަމެވެ.

މި ކެމްޕެއިން ހަރަކާތުގައި ބައިވެރިވިވެޑަގަތް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކެންޑިޑޭޓު ނަންބަރު 4 މުއިއްޒުއަށް ހިޔާ ފްލެޓްތަކުން މަރުހަބާ ކިޔުމުން، އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް ލޯބި ހާމަވެގެން ހިނގައްޖެ ކަމުގައެވެ.

”ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި މުއިއްޒުއަށް އޮންނާނެ އިހުތިރާމް. ހަގީގަތުގައި އެ ދައްކައިދިނީ ރައީސް ޔާމީނަށް އޮތް ލޯތްބާއި އިހުތިރާމް.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވަނީ ރައީސް ޔާމީންގެ ނަންފުޅުގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަފާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button