އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު 29 މީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ.
މިއަދުގެ ހަރަކާތުގައި ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައެވެ. ހާއްސަކޮށް ފިިރިހެން ފުލުހުން އަންހެނުން ހައްޔަރު ކުރުމުގެ ތެރޭގައި ގައިގައި ހިފައި، އޮޅުލައިގަތުމާއި، ޓީޝާޓަށް ދަމާ، ބަނޑާއި އުނަގަނޑު ފަދަ ތަންތަން ހާސާވާގޮތަށް އަމަލުކޮށްފައިވެއެވެ.
މީގެ އިތުރުން އަންހެނަކާ ދިމާލަށް އެސް އޯ ފުލުހަކު ގޮސް އޭނާގެ މޫނަށް އަމާޒުވާގޮތަށް ޕެޕަރ ސްޕްރޭ ޖަހަމުން ދަނިކޮށް އެހެން އެސްއޯ ފުލުހަކު އޭނާ ހިފަހައްޓާފައިވެއެވެ. އަދި ހައްޔަރު ކުރި ފިރިހެނެއްގެ ބުރަކަށި މައްޗަށް ފުލުހަކު އަރާ އޮންނަތަންވެސް ފެނެއެވެ.
މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
@PoliceMv torturing women is unwarranted #policebrutuality & violation of #civilrights. This is curbing the right to liberty, the right to equal protection & security of the people. I call upon the National Integrity Commission to take immediate action. pic.twitter.com/YxSs2QzOhI
— Adam Shareef Umar (@Adamshareefz) January 7, 2022
އެގޮތުން ޕީއެންސީގެ ޕާލިމެންޓް ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ފުލުހުން މިއަދު ހިންގި އަމަލުތަށް ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ގޮވާލައްވާފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވިގޮތުގައި ފުލުހުންގެ ތެރޭގައި އަނިޔާވެރި ބަޔަކު ތިބުމަކީ ބިރުވެރި ކަމެކެވެ. އަދި އެއީ ހަމަ ބުއްދީގައި ތިބި ބައެއްގެ ފަރާތުން ފެންނާނެ އަމަލެއް ނޫނެވެ.
Dhivehi fulhunge thereygai mifadha aniyaaveri bayaku thibumakee biruveri kameh. Hama buhdheegai thibi baehge faraathun fennaane amaluthakehnoon mee. Ghairu Qanoonee amurukuraa faraaithakaai amuru thanfeezu kuraa fuluhunnaa qanoonu araa hamakuraanekan dhannan jehey. #IndiaOut pic.twitter.com/1cgMsIeGqa
— Ahmed Shiyam (@Shiyamaldives) January 7, 2022
ޝިޔާމް ވިދާޅުވީ އެފަދަ ފުލުހުންނާމެދު ގާނޫނު އަރާ ހަމަކުރާނެ ކަމުގައެވެ.
ހައްޔަރު ކުރި މީހެއްގެ ބުރަކަށި މައްޗަށް އަރާ އޮންނަ ފުލުހެއްގެ ވީޑިއޯ ޓުވިޓާގައި ހިއްސާ ކުރައްވާ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެއީ އަސް ދުއްވުންތޯ ސުވާލު ކުރައްވާފައެވެ.
Is this in self defence or taking a ride on a horse🐎? @PoliceMv shameful.He has every right to wear his t shirt.Condemn Maldives police use of inappropriate force in todays #indiamilitaryout protests @M_Hameedh @ibusolih @MohamedNasheed @ShimranAb @hrcmv @AJEnglish @Reuters @AP pic.twitter.com/XfYvBpRBVF
— Mohamed Saeed (@em_saeed) January 7, 2022
އަންހެނެއްގެ ޓީޝާޓުގައި ފިރިހެން ފުލުހަކު ހިފައި މައްޗަށް ދަމައިގަންނަ އިތުރު ވީޑިއޯއެއް ޓުވިޓާގައި ހިއްސާކުރައްވައި ސައީދު ވަނީ ޓީޝާޓެެއް މީހަކު ލައިގެން އެވަރު ވާންޖެހޭ ތޯ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ސުވާލު ކުރައްވާފައެވެ.
T Shirt liyas mivaruvaakah nujehey noontho @ibusolih @MohamedNasheed @M_Hameedh @ShimranAb @PoliceMv pic.twitter.com/xmSXozyBNE
— Mohamed Saeed (@em_saeed) January 7, 2022
“އިންޑިއާ އައުޓް” ކެމްޕެއިނުގައި ބޭނުން ކުރާ ޓީޝާޓުގައި އެބަސް ދިވެހި ބަހުން ލިޔުމަށް ފުލުހުން އަންގާފައިވާކަމަށް އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. އެކަމަކު ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. ފުލުހުން އެކަން ދޮގުކޮށްފައި ވަނިކޮށް ހީނާ ވަނީ މިއަދުވެސް އެފަދައިން ވިދާޅުވެފައެވެ.
މުހައްމަދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި، ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެންބަރު އަބްދުﷲ ޝާޔަން އާއި، އާއިޝަތު ނުހާ އާއި، އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޕީޕީއެމްގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް އިއްޔެ ހައްޔަރު ކުރިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ކައިރިން “އިންޑިއާ އައުޓް” ކެމްޕެއިން ފެށިގެންދާނެކަން ނޫސްވެރިންނާ ބައްދަލު ކުރައްވައި އިއްޔެ އިއުލާން ކުރެއްވިތާ 30 މިނިޓު ތެރޭގައެވެ.
ފެންނަ މަންޒަރުތަކަށް ބަލާއިރު ސަރުކާރުން އެންގި ގޮތަށް ”އިންޑިއާ އައުޓް“ ކެމްޕެއިން ހުއްޓުވުން ނޫންގޮތެއް ފުލުހުންނަކަށް ނެތެވެ.
މިއަދު ދިވެހިރާއްޖެއިންވެސް ފެންނަމުން މިދަނީ އިންޑިއާ ސިފައިން ކަޝްމީރުގަ މުސްލިމުންނާ ދެކޮޅަށް ހިންގާފަދަ ލާއިންސާނީ އުދުވާންތަކެއް.
ސަރުކާރުން ދިވެހިރައްޔިތުންނާ ދެކޮޅަށް ހިންގާ ޤާނޫނާޚިލާފު އަމަލުތަކުން ”ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތި ކަމުގެތެރެއަށް“ ގޮސްފައިވާ މިންވަރު ވަޒަންކުރެވޭ.