ޚަބަރުސިޔާސީ

ކޮމަންޑޫއިން ފަތުހީއަށް ހޫނު މަރުހަބާއެއް ކިޔައިފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް އަލްއުސްތާޒު މޫސާ ފަތުހީއަށް އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފަތުހީ ކޮމަންޑޫއަށް ވަޑައިގެންނެވީ މިރޭ ގާތްގަނޑަކަށް 10 ޖަހަން އުޅެނިކޮށެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް އެރަށު ޕީޕީއެމްގެ ގިނަ ބަޔަކު ވަނީ ނިކުމެފައެވެ.

ފަތުހީގެ ސިޔާސީ ހަޔާތް ފެށުނީ 1986 ވަނަ އަހަރުގައެވެ. އެގޮތުން އޭނާ ވަނީ ކޮމަންޑޫ އޮފީހުގެ ކުޑަކަތީބު ކަމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ކަމުގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގަ މަގާމު ފުރުއްވާފައެވެ. ޕްލޭނިން މިނިސްޓްރީގެ ޕޮލިޓިކަލް އެސިސްޓެންޓުގެ މަގާމުގެ އިތުރުން ށ.އަތޮޅުގެ ކައުންސިލްގެ ރައީސް ކަމާއި ހޯމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުވެސް ފަތުހީ ފުރުއްވިއެވެ.

ފަތުހީގެ ތައުލީމީ ފެންވަރަށް ބަލާއިރު އޭނާ ވަނީ އިނގިރޭސި ވިލާތުގެ އަންގްލިއާ ރަސްކިން ޔުނިވާސިޓީ، ކެމްބްރިޖުން ބިޒްނަސް އެޑިމިނިސްޓްރޭޝަން އިން މާސްޓާސް ހައްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

މޫސާ ފަތުހީއަކީ އަދަބ ރޮނގުންނާއި ވާހަކަ ދެއްކުމުގެ ރޮނގުންވެސް ފާހަގަކުރެވޭ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ އިޖުތިމާއީ ހިދުމަތްތެރިއެކެވެ.

ކޮމަންޑޭ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button