ޚަބަރު

ބޮޑުވި މުސާރައާއެކު ކަރަންޓު ބިލުވެސް ދެގުނަ ބޮޑުވެއްޖެ!

ފުލުހުންނާއި ސިފައިންނާއި، ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވުމާއި ގުޅިގެން ސްޓެލްކޯއިން އާންމު ރައްޔިތުންގެ ކަރަންޓު ބިލުވެސް ދެގުނަ ބޮޑު ކޮށްފިއެވެ.

އެގޮތުން އެޕްރީލް މަހުގެ ބިލަށް ގިނަ ގޭބިސީތަކުން ބޮޑެތި އަދަދުތަކުން ސްޓްލެކޯއިން ވަނީ ޗާޖު ކޮށްފައެވެ. މީސް މީޑިއާއިން އެނގޭގޮތުގައި އެވްރެޖުކޮށް 200 އާއި 500 އާއި ދެމެދުގެ އަދަދުތަކުން ޗާޖު ކުރާ ގޭބިސީއެއްގެ މިދިޔަ މަހުގެ ބިލަށް ވަނީ 2,300 ރުފިޔާ އަރާފައެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެފައިވާއިރު ހޫނު މޫސުމަކާ ބައްދަލުކުރާއިރު، ކަރަންޓު އިގްތިސާދު ކުރާނެ ގޮތުގެ މައުލޫމާތު ސެޝަންތަކެއްވެސް މީގެ ކުރިން ސްޓެލްކޯއިން ވަނީ ހިންގާފައެވެ.

މިފަދަ މައްސަލަ ތަކުގައި އާންމުން ރަތަށް އެރުމުން ސްޓެލްކޯއިން ޒަމާނުއްސުރެ ބޭނުންކުރާ ކާޑަކީ ހޫނު ގަދަ ވުމުގެ ސަބަބުން އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށް ދިއުމުގެ ވާހަކައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button