ޚަބަރުސިޔާސީ

މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޕީޕީއެމް ޕީއެންސީން ޟަމީރު ވާދަކުރަން ނިންމައިފި!

މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކައުންސިލަރ އަހުމަދު ޟަމީރު (ރިނދަލި) ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ޟަމީރު އަކީ މާލޭސިޓީ ކައުންސިލް 3 ވަނަ (ނިމިދިޔަދައުރު) އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މައްޗަންގޮލި ދެކުނު ދާއިރާއަށް ހޮވިވަޑައިގެތް ކައުންސިލަރެވެ.

އެ ދައުރައް ޟަމީރު ކެމްޕެއިން ކުރައްވަމުން ގެންދެވީ ޕޯސްޓަރ ގައި “ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމަށް ހަމަހަމަކަމާއި އިންސާފު“ ޖައްސަވައިގެއްނެވެ.

އެދައުރައް ޟަމީރު ހޮވިވަޑައިގަތްއިރު، އެދައުރު ވެގެންދިޔައީ އެމްޑީޕީ ވެރިކަމެއްގައި މޭޔަަރާއެކު އެޕާޓީގެ ފުލް މެޖޯރިޓީ ކައުންސިލަކަށެވެ.
އެކައުންސިލްގައި ކަންކަން ހިނގައިދިޔަގޮތުގެ ވާހަކަ ޟަމީރު ދައްކަވަން ބޭނުންފުޅެއް ނުވެއެވެ.

މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރު (މިހިގާދައުރު) އަށް ނިމިދިޔަ ކައުންސިލް ގެ މޭޔަރ ހިމެނޭގޮތަށް އެންމެ ކައުންސިލަރުން ކުރިމަތިލީނަމަވެސް މި ކައުންސިލަށް ހޮވުނީ މައްޗަންގޮޅި މެދުދާއިރާއިން ޟަމީރު އެކަންޏެވެ.

މިކަމުގެ ސިއްރަކީ އެދައުރުގެ ތެރޭގައި މުޅިދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑްގެ ދުވަސްވަރުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި އަމަލީގޮތުން ކުރި އެކިއެކި ހިދުމަތްތަކުގެ އިތުރުން އެމް އެން ޑީ އެފް، ޕޮލިސް އާއެކު މަގުތައް ޑިސްއިންފެކްޓް ކުރުމަށް ދާންދެން ކުރުމާއި ، ކެމްޕޭން ޕޯސްޓަރގައި ޖެހި ސްލޯގަން އާއި އެއްގޮތަށް ”ހަމަހަމަކަމާއި އންސާފު“ އަށްކުރި މަސައްކަތުގެ ނަތީޖާއެވެ.

މިހިނގާ ދައުރަށް ޟަމީރު ނިކުއްނެވީ ޕޯސްޓަރުގައި ސްލޯގަން އެއްގެ ގޮތުގައި ”ތަފާތުކުރުމެއްނެތަތީ“ ޖައްސަވައިގެންނެވެ.

ޟަމީރު ވިދާޅުވާގޮތުން މިިހިނގާ މާލޭސިޓީގެ 4 ވަނަ ދައުރު ނުވަތަ ޟަމީރުގެ 2 ވަނަ ދައުރު ލިބުނު މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަކީ ތަފާތު ލީޑަރެއްކަމުއްނެވެ. އެހެންކަމުން ޒަމާންވަންދެން އުޅުނު އެމްޑީޕީ ދޫކޮށް ޑރ. މުއިއްޒު ގެ ފަހަތަށް އެރީކަމަށެވެ.

ޟަމީރުއަކީ ފޯނުއްގުޅޭ ކޯލްބެކް ކުރާ މެސެޖަށް ރިޕްލައިކުރާ ނަމޫނާ ޝަޚްސިއްޔަތެކެވެ.

މައްޗަންގޮޅި މެދުދާއިރާއިން ކުރިޔައް އޮތް 20 ވަނަ މަޖިލީހަށް ވާދަ ކުރައްވަން ޟަމީރު ނިންމެވީ، އެ ދާއިރާގެ އެތައްބައެއްގެ އެދުމުގެ އިތުރުން ޑރ. މުއިއްޒު ވެރިކަމައް ގެނައުމަށް ކުރި މަސައްކަތެވެ.

ޑރ. މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށާއި އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީސް ތެރެއިން އެއްބާރުލުންދީ، ކޮށްދެވެންހުރި ހުރިހާމަސަތްކަތެއް ކޮއްދިނުމަކީ ޟަމީރުގެ އަމާޒެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button