ޚަބަރުސިޔާސީ

މިއަދަކީ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ދުވަހެއް: އާދަމް ޝަރީފް

މިއަދަކީ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ދުވަހެއް ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވާ ބިލު ކަމުގައިވާ ހެއްކާ ބެހޭ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ސަފުހާއެއް މިއަދު ލިޔެވިގެން ހިނގައްޖެ ކަމުގައެވެ.

”ހެއްކާބެހޭ ބިލު މަސްދަރު ހާމަކުރާގޮތަށް ތަސްދީގު ކުރުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ސަރުކާރުން 70 ގެ އަހަރުތަކަށް ރާއްޖެ ސޮއްސާލުން.“ އާދަމް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ދިވެހި ނޫސްވެެރިކަމަށް ކުރިމަތިވެގެންދާނެ އެވެ.

މަސްދަރު ހާމަކުރުމަށް އޮތް މާއްދާ އިސްލާހު ކުރުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ކަމަކާ ގުޅޭ މަސްދަރު ބުނުމަށް މަޖުބޫރު ކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ.

މި ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ މަސްދަރު ހާމަކުރަން ޖެހޭ މާއްދާއާއި ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް ސޯލިހަށް މިމަހުގެ 7 ވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައިވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button