ޚަބަރުސިޔާސީ

ސަރުކާރާއި ހަވާލުވަންދެން ހަތްކަމެއް މަޑުޖައްސާލަން އެދި ޑރ. މުއިއްޒުގެ ސިޓީއެއް ރައީސަށް!

ސަރުކާރާއި ހަވާލުވަންދެން ހަތްކަމެއް މަޑުޖައްސާލަން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ސިޓީއެއްގައެވެ. ސިޓީއެއްގައި އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް އިބްރާހީމް ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ނުހަނު އިޚުލާސްތެރިކައެކު ޝުކުރު އަދާކުރެއްވިއެވެ.

ސަރުކާރާ ހަވާލުވުމުގެ ކަންކަން ވިލަރެސްކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވުމާއެކު ޑރ.މުޢިއްުޒު ވިދާޅުވީ އެ މަސައްކަތް އަވަހަށް ގެންދިއުމަށްޓަކައި 7 ކަމަކަށް ރައީސް އިބްރާހީމުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ކަންކަން

1- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓުމެންޓެއް ނުކުރުން

2- ދައުލަތުގެ އެއްވެސް ބިމެއް ތަރައްޤީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުން

3- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން

4- ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން

5- ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގުރާމެއްގެ ދަށުން އައު ޕްރޮޖެކެޓެއް ނުފެށުން

6- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން

7- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން

އައު ސަރުކާރަށް ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެއްވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް ދެއްވުމަކީ ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމުގައި ޑރ، މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button