ޚަބަރުސިޔާސީ

އިންޑިއާ އައުޓް އިހުތިޖާޖުގެ ތެރެއިން މުހައްމަދު އިސްމާއިލް ހިމެނޭގޮތަށް މިއަދު ހައްޔަރު ކުރީ 11 މީހުން

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނޭގޮތަށް މިއަދު ހައްޔަރު ކުރީ 11 މީހުން ކަމަށް ”ބޮންތި“ އަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަމާގުޅިގެން ފުލުހުން ބުނީ އެ ހަރަކާތުގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމުގައެވެ. އެއީ 9 އަންހެނުންނާއި 2 ފިރިހެނެކެވެ. އެ މީހުން ހައްޔަރު ކުރި ސަބަބެއްގެ ގޮތުގައި ފުލުހުން ބުނީ ފުލުހުންގެ ދައުރަށް ހުރަސްއެޅުމުން ކަމުގައެވެ.

އެކަމަކު މުހައްމަދު އިސްމާއިލް ހައްޔަރު ކުރި މަންޒަރު ”ބޮންތި“ ގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މަޖީދީ މަގަށް ދިއުމަށް ހުރަސްކުރަން ޕޭމެންޓު މަތީގައި ހުއްޓައެވެ. އަދި ފުލުހުންގެ ދައުރަށް އޭނާ ހުރަސްއަޅާ މަންޒަރެއް ނުފެނެއެވެ.

ހައްޔަރު ކުރި ފަރާތްތަކުގެ ގާނޫނީ ވަކީލުންގެ ފަރާތުން މައުލޫމާތު ލިބުނުގޮތުގައި މިރޭ 12:30 އެހާކަންހާއިރު ހުރިހާ އެންމެން ވަނީ ދޫކޮށްލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button