
ޕީއެންސީގެ ކައުންސިލް މެމްބަރެއް އެމްއެންޕީގެ ދަފްތަރުގައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދަނގެތީ ދާއިރާގެ މެންބަރު އަދި ކާނާލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ޕާޓީ ކަމަށްވާ އެމްއެންޕީގެ ދަފްތަރުގައި ޖައްސާފައިވަނީ ޕީއެންސީގެ ކައުންސިލް މެމްބަރު އަބްދުލް ހަސީބު އިބްރާހީމެވެ.
ހަސީބުގެ ސިޔާސީ ހަޔާތުގެ ފެށުމަކީ ޑީއާރުޕީއެވެ. އެއަށްފަހު އޭނާ ޕީޕީއެމްގައި ހުރުމަށްފަހު ބަދަލުވީ އެ ޕާޓީގެ ފިކުރުގެ ތެރޭގައި އުފެދުނު ޕީއެންސީއަށެވެ. އަދި އޭނާގެ ސިޔާސީ ހަޔާތް ފެށުނީއްސުރެ އެހެން ފިކުރަކަށް ތާއީދު ކޮށްފައެއް ނުވެއެވެ.
މިކަމާގުޅިގެން ހަސީބު ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދޭ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
ހޯދަން ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހަސީބު ފާހަގަކޮށްފައިވަނީ އޭނާއަށް އެނގުމަކާނުލައި ޕީއެންސީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް އެމްއެންޕީގެ ދަފްތަރުގައި ހިމެނިފައިވާގޮތުގެ ތަފްސީލް ހޯދުމާއި، އެމްއެންޕީ އިން އޭނާގެ ފޯމެއް އީސީއަށް ހުށަހަޅާފައިވާނަމަ، އެ ފޯމްގެ ކޮޕީއެއް ހޯދުމެވެ. އަދި އެފަދަ ފޯމެއް ހުށަހަޅާފައިވާނަމަ، ހެކިވެރިންގެ ގޮތުގައި ސޮއި ކޮށްފައިވާ ފަރާތްތަކާއި، ޕާޓީގެ ޒިންމާދާރު ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވާ މީހާގެ މައުލޫމާތެވެ.
Meege javaab avas kon dhinun edhen @FuwadThowfeek @ElectionsMv @nazim7878 @PoliceMv @PoliceMv @DhenOnline @VaguthuOnline @Ch13official @BonthiNews @MNP_Secretariat @meeting @ICOnews @pncmv pic.twitter.com/A6r9qzAaT1
— Abdul Haseeb Ibrahim (@hsaeebmv) January 2, 2022
އެ މައުލޫމާތު ހޯދަން އީސީއަށް ހަސީބު ހުށަހެޅި ފޯމް އެ އިދާރާއިން ވަނީ މި މަހުގެ 2 ވަނަ ދުވަހު ބަލައިގެންފައެވެ.
މިކަމާގުޅިގެން ”ބޮންތި“ މައުލޫމާތު ދެމުން ހަސީބު ބުނީ އޭނާއަށް ނޭނގި މިފަދަ ކަމެއް ހިނގިގޮތް ސާފު ކުރުމަށްފަހު އެކަމުގައި ޝާމިލުވާ ފަރާތްތަކާ ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމުގައެވެ.